ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުގެ މަޤާމަށް އަނެއްކާވެސް ނަޒީހު..
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުކަމުގެ މަޤާމަށް މުޙައްމަދު ނަޒީހު އަނެއްކާވެސް ހަމަޖައްސައިފިއެވެ.
ޔޫވީ ފުރަތަމަ ޑިވިޝަނަށްކޮލިފައިކޮށްދިން ކޯޗު މުހައްމަދު ނަޒީހު އަނެއްކާވެސްއެޓީމާއިގުޅިފައިމިވަނީ އެޓީމުގެ ކޯޗުކަމުގައި ހުރި މުޙައްމަދު އާތިފް މި މަހުގެ 21 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދިނުމުންނެވެ.
އާތީ އެ މަޤާމުން އިސްތިއުފާދިނީ ޔޫވީގައި މަސައްކަތް ކުރެވޭނެ ރަނގަޅުމާހައުލެއް މިހާރު ފެންނަން ނެތް ކަމަށާއި އެޓީމުގައި މައްސަލަތަކެއްއެބަހުރި ކަމަށް ބުނެއެވެ.
ނަޒީހުގެ އިރުޝާދުގެދަށުން ޔޫވީއަނެއްކާވެސް ނުކުންނަ އިރު، މާލޭ ލީގުގައި އެންމެއަވަހަށް ކުޅެންޖެހޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ޔޫވީން މިއަހަރުގެ ލީގުގައި މިހާތަނަށް ކުޅެފައިވާ ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ކްލަބު އީގަލްސް އަތުން 2-0 އިންބަލިވިއިރު، ދެވަނަ މެޗުން ބަލިވީ ނިއު ރޭޑިއަންޓާއި ވާދަކޮށް 3-0 އިންނެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއު ރޭޑިއަންޓާއި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގައިވެސް މޮޅު ކުޅުމެއްދައްކާފައިވާ ނަޒީހުގެ ކޯޗުކަމުގައި ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ އަދި ވީބީވަނީ އެކި މުބާރާތްތައް ކުޅެފައެވެ.