ލިތުއޭނިއާ އަތުން މޮޅުވެ، ގްރޫޕް އެފް ގެ އެއްވަނައަށް އިންގްލެންޑު..

ކިޔުމަށް ހޭދަވާނީ 40ސ
ލިތުއޭނިއާ އަތުން މޮޅުވެ، ގްރޫޕް އެފް ގެ އެއްވަނައަށް އިންގްލެންޑު..

ވޯލްޑް ކަޕް ކޮލިފައިންގައި ލިތުއޭނިއާ އާއި އިންގްލެންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ގްރޫޕް އެފް ގެ އެއްވަނައަށް އިންގްލެންޑް އަރައިފިއެވެ.

ރޭގެ މެޗު އިންގްލެންޑުން ކާމިޔާބުކުރީ އިންގްލެންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 އިންނެވެ.

މި މެޗުގެ 21 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ފޯވަރޑް ޖަމެއިން ޑެފޯ އެވެ. މިއީ 34އަހަރުގެ ޑެފޯ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން 20 ވަނަ ލަނޑެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ދެ ވަނަ ހާފުގައި އެޑަމް ލަލާނާ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖޭމީ ވާޑީ އެވެ.
ކޮލިފައިން ގްރޫޕް އެފްގެ އެއްވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދު އޮންލައިން