ޝާޙްރުކް އާއި ރަންބީރް އެކުގައި ފެންނަ ފިލްމު ޑައިރެކްޓު ކުރަނީ ކަރަން ޖޯހަރު

ކިޔުމަށް ހޭދަވާނީ 1މ 44ސ
ޝާޙްރުކް އާއި ރަންބީރް އެކުގައި ފެންނަ ފިލްމު ޑައިރެކްޓު ކުރަނީ ކަރަން ޖޯހަރު
ބޮލީވުޑްގެ އެކްޓަރުންނަށް ބަލާލާއިރު، އެންމެ މޮޅު އެކްޓަރު ކަމަށް އަދިވެސް ހަމަ ގިނަ ބަޔަކު ޤަބޫލު ކުރަނީ ޝާޙްރުކް ޚާން އެވެ.

ޝާޙްރުކް ޚާންގެ އިތުރުން ސަލްމާން ޚާން، އާމިރު ޚާން، އަކްޝޭ ކުމާރު، ރަންވީރު ކަޕޫރު އަދި ރަންބީރް ކަޕޫރު ވެސް އެންމެ މަޤްބޫލު އެކްޓަރުންގެ ލިސްޓުގައި ހިމެނެއެވެ.

މަޝްހޫރު ޑައިރެކްޓަރ ކަރަންޖޯހަރަށް އެންމެ މަޤްބޫލު އެކްޓަރަކީ ކޮބާތޯ ބަލާލާއިރު ވެސް، ލިސްޓުގެ އެންމެ ކުރިއަށް އަންނަނީ ޝާޙްރުކް ޚާންގެ ނަމެވެ. ކަރަން ޑައިރެކްޓް ކޮށްފައިވާ ވަރަށް ގިނަ ފިލްމުތަކެއްގައި ޝާޙްރުކް ޚާން އެކްޓުކޮށްފައިވާއިރު، ދާދި ފަހުން އިންޑިއާޓައިމްސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރަން ބުނީ ޝާޙްރުކް ޚާން އަކީ އެނާގެ ބޭބެއެއްފަދަ މީހެއް ކަމަށެވެ.

ޝާޙްރުކް ޚާން އެކޭ އެއްފަދައިން މިހާރު ކަރަން ޖޯހަރަށް އެންމެ މޮޅު އެކްޓަރެއްގެ ގޮތުގައި ރަންބީރް ކަޕޫރްވެސް ފެނެއެވެ. ކަރަން އެންމެ ފަހުން އުފެއްދި ބްލޮކްބަސްޓަރ ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައިވެސް ލީޑްރޯލެއް އަދާކޮށްފައިވަނީ ރަންބީރް ކަޕޫރެވެ.

ރަންބީރް އާއި ޝާޙްރުކް ޚާން އެކުގައި ފިލްމަކުން ފެނުމަކީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެކެވެ. މިއުފާވެރި ޚަބަރު ބެލުންތެރިންނަށް މިހާރު ވަނީ ލިބިފައެވެ.

ބޮލީވުޑްގެ އެންމެ "ރޮމޭންޓިކް" ދެ އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން އާއި ރަންބީރް ކަޕޫރް ފިލްމަކުން އެކުގައި ވަރަށް އަވަހަށް ފެނިގެންދާއިރު، މިފިލްމު ޑައިރެކްޓު ކުރަނީ، އެފަދަ ދެވަނައެއް ނުވާ ކަރަން ޖޯހަރް އެވެ.

މިފިލްމު އަޅުވާ ދުވަހެއް އަދި ފިލްމަށް ކިޔާ ނަމެއްވެސް އަދި މީޑިއާއާއި ޙިއްސާ ނުކުރި ކަމުގައިވިޔަސް، ކަރަން ޖޯހަރު ބުނެފައިވަނީ އެދެތަރިންނާއި އެކު މަސައްކަތް ކުރަން ފުރުޞަތު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށާއި މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މިއަދު އޮންލައިން