އެމެރިކާގެ ޗކާގޯގައި ގްރޫޕަކުން 15 އަަހަރުގެ ކުއްޖަކު ވަގަށް ނަގައި ރޭޕްކޮށް ްވަގުތުން މަންޒަރު ލައިވްކުރުމުން އަަވށްޓެރިންނަށް އެކަންވީ މަޖަލަކަށެވެ.
ޢާއިލާ އިން ބުނީ މަލާމާތުގެ ފޯންކޯލްތައް ލިބޭ ކަމަށާއި ދޮރުގެ ރަނގަބީލުޖެހުމުން ދޮރުހުޅުވުމުންވެސް ކުރަނީ މަލާމާތް ކަަމަށެވެ. "އަހަރެމެންނަަކީ ދުވަހަކުވެސް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އެއްވެސް ކަމެއް ކުރި ބައެއް ނޫން. އަވަށްޓެރިންގެ އެހީތެރިކަމާ ހަމްދަރުދީ އެންމެ ބޭނުންވި ވަގުތު ދިނީ އަނިޔާ"
މިމަންޒަރު ލައިވްކުރި ވަގުތު 40 މީހަކު ވަނީ ވަގުތުން މަންޒަރު ބަލައިފައެވެ. މަންޒަރު ބެލި އެއްވެސް މީހަކު ފުލުހުންނަށް ރިޕޯޓްކޮށްފައި ނެތުމަކީ މިފަދަ ކަންކަން އެމެރިކާގައި އާންމުވެފައިވާ މިންވަރާއި މިފަދަ ކަންކަމާއިމެދު އެއްވެސް މީހަކު ކަންބޮޑުނުވާކަން އަންގައިދޭ ކަމެއް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ދަރިފުޅު ގެއްލިގެން ބްރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ މަންމަ ފުލުހުންނަށް ހުށަހެޅުމުންނެވެ. ފުލުހުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ. ފުލުހުން ބުނީ ފޭސްބުކްގައި ރެކޯޑްކޮށްފައިވާ މަންޒަރުތަކާއި އަޑުތަކުން ރޭޕްކުރަމުން ދިއައިރު ފިސްތޯލަ ޖަހައި ބިރު ދެއްކިކަންވެސް އެނގޭ ކަމަށެވެ.
އެ ސަރަހައްދުގައި ޢާއިލާއަށް ސަލާމަތްކަމެއް ނެތްކަމަށް ބަލައި ޢާއިލާއިން ދަނީ އެހެން ސަރަހައްދަކަށް ބަދަލުވާން މަސައްކަތްކުރަމުންެވެ.