މާދަމާރޭގެ މެޗަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޤައުމީ ކޯޗު ޑަރެން ސްޓޭވަޑް ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައިފަލަސްތީނާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ޑަރެން ބުނީ ފަލަސްތީނު މެޗަށް ރާއްޖޭގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
މި މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް ކުޅުމަށް މީގެ ދެމަސްދުވަސް ކުރިން އެފްއޭއެމްއާއެކު ވާހަކަ ދެކެވުނު ނަމަވެސް މެޗެއް ނުކުޅުނީ ރާއްޖޭގައި ފެތުރެމުންދާ H1N1 ރޯގާގެސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.
މާދަމާ ރޭ 21:00 ގައި ޤައުމީ ފުޓްބޯޅަ ދަނޑުގައި މި މެޗު ކުޅޭ އިރު، ރާއްޖެ ޓީމުގެ ކެޕްޓަނަކަށްހަމަޖައްސާފައިވަނީ އަސްހަދު ޢަލީ (އަޑުބަރޭ)އެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ބ. އޭދަފުއްޓަށް އުފަން އިތުބާރު ޑިފެންޑަރ ޝާފިޢު އަޙުމަދު (ޝާފީ) އެވެ.
މި މެޗުގެ ކެޕްޓަނަކަށް އައްސަދު ހަމަޖެއްސީ ޤައުމީ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އަނިޔާގެ ސަބަބުން މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވާތީ އާއި ވައިސް ކެޕްޓަންގެ މަޤާމުގައި ހުރި އިމްރާން މުޙައްމަދު ރިޓެޔަރ ކޮށްފައިވާތީ އެވެ.