އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފަލަސްތީނު މިރޭ ކުޅޭ މެޗުގެ ޓިކެޓް ހުސްވުމާއިގާތަށް ހިނގައްޖެއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗުގެ 90 އިންސައްތަ ޓިކެޓް މިހާރު ހުސްވެފައިވާކަމަށް އެފްއޭއެމް އިން ބުންޏެވެ.
އެ އިދާރާއިން ބުނީ ދިވެހި ޓީމަށް ތަރުހީބު ދިނުމަށް ބައެއް ކުންފުނިތަކުންނާއި ޒުވާން ގްރޫޕްތަކުން ވަރަށް ޚާއްޞަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި އެފަދަ ކަންކަމަށް ދަނޑުން ވަކި ސަރަހައްދެއް ޚާއްޞަކޮށްފައިވާ ކަމަށެވެ.