ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އާއި ކޮލޮމްބޯ ކައިރި ސަރަހައްދުތަކުން 15 ގަޑި އިރަށް މާދަމާ ފެން ކަނޑާލުމަށް ނިންމައިފިއެވެ.
ސްރީލަންކާގެ ނޭޝަނަލް ވޯޓަރ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން ބުނެފައިވަނީ އެ ސަރަހައްދުތަކަށްފެން ފޯރުކޮށްދޭ އަބަތަލޭ ވޯޓަރޓްރީޓްމެންޓް ޕްލާންޓުގެ މަރާމާތުތަކެއް ކުރުމަށް މާދަމާ 15 ގަޑި އިރަށް ފެން ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
ފެން ކަނޑާލާ ސަރަހައްދުތަކުގެ ތެރޭގައި ކޮލޮމްބޯޑިސްޓްރިކްޓުގެ ބައެއް ސަރަހައްދުތައް ކަމަށްވާ ކޮލޮމްބޯ، ދެހިވަލަ-މައުންޓްލެވީނިއާ، ކޯއްޓޭ، ކަޑުވެލާ ޓައުން އާއި އެ ޓައުންތަކުގެރަށްބޭރުގައިވާ ސަރަހައްދުތައް ކަމުގައިވާ މަހާރަގަމަ، ބޮރަލެސްގަމުވަ،ކޮލޮންނާވަ، ކޮޓިކާވައްތަ އަދި މުލްލެރިޔާވަ ހިމެނެއެވެ.