އެމެރިކާގެ ޖޯޖިއާގެ ދެމަފިރިން ކަމަށްވާ އެލިޒަނެތް ހޭންޑީ އާއި ބިލާލް ވޯކް އަށް ލިބުނު އަންހެން ދަރިފުޅަށް ރަޖިސްޓްރީކުރަން ބޭނުންވި ނަމަކީ ޒަލީޚާ ގްރޭސްފުލް ލޮރއިނާ ﷲ އެވެ.
22 މަހުގެ މި ދަރިފުޅަށް އެނަން ރަޖިސްޓްރީކޮށްދިނުމަށް ހެލްތް މިނިސްޓްރީން ދެކޮޅު ހެދުމުން މިހާރު މަސައްކަތްކުރަނީ "ދަރިންނަށް ކިޔާނެ ނަން ކަނޑައެޅުމަކީ މައިންގެ ބަފައިންގެ އިންސާނީ ހައްޤެއް" ކަމަށް ބުނެ މުޒާހަރާކުރަމުންނެވެ.
ދެމަފިރިން ބުނަނީ އެމީހުންގެ ދަރިފުޅަށް "ﷲ" ކިޔަން ބޭނުންވަނީ ދީނީ ގޮތުން ނޫން ކަމަށާއި އެއީ މާތް ނަމަކަށްވާތީ ކަމަށެވެ. އެ ނަން ރަޖިސްޓްރީކޮށް ނުދިނުމުން ދެމަފިރިން ކުއްޖާގެ އުފަންދުވަހުގެ ލިޔުންތައް ހައްދަން ބޭނުމެއް ނުވެއެވެ. އެކަމުގެ ސަބަބުން ޞިއްޙި ޚިދުމްތައް ހޯދުން ފަދަ ކަންކަމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ.
މިއީ ރަނގަޅަށް ވިސްނައިފިނަމަ ވަރަށް ނުބައި މަސައްކަތެއްގެ ފެށުމެވެ. "ﷲ ގެ މަތިވެރި ނަންފުޅަކީ މީހުންނަށް ކިޔާ ޢާންމު ުނަމަކަށް ހަދައި އެ ނަންފުޅުގެ ޤަދަރާއި ހައިބަތު ކަނޑުވާލަން ކުރާ މަސައްކަތެއްގެ ފެށުމެވެ.
މިފަދަ މުޞީބާތްތަކުން މުސްލިމުން ސަލާމަތް ކުރައްވަވާށި! އާމީން.