ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ޖޯޑުންގެ ތެރެއިން މީހުންނަށް އެންމެ މަޤްބޫލު އެއް ޖޯޑަކީ ދީޕިކާ ޕަޑުކޯން އާއި ރަންވީރް ސިންގް އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަކެއް އަހަރެއް ވެފައިވާއިރު، ދީޕިކާ އާއި ރަންވީރު އެކުގައި ފެނޭތޯ އަބަދުވެސް އިންޑިއާގެ ޕަޕަރާޒީން ތިބެނީ ބަލަބަލައެވެ.
ނަމަވެސް މިފަހަކަށް އައިސް ޕަޕަރާޒީންނަށް މިދެތަރިން ވަނީ ގެއްލިފައެވެ. އެކިއެކި ޚަފްލާތަކުން އަބަދުވެސް އެކުގައި ފެންނަ މިދެތަރިން، ފަހަކަށް އައިސް ފެންނަނީ ވަކިވަކިންނެވެ. ނުވަތަ އެކަކު އެޚަފްލާއިން ފެނިއްޖެނަމަ އަނެކަކު ނުފެނެއެވެ. މިގޮތުން ގިނަ ފިލްމު ޚަފްލާތަކުން ދީޕިކާ ފެނިފައިވާއިރު، އެޚަފްލާތަކަށް ރަންވީރެއް ނުދެއެވެ.
މިފަދައިން ކަންތައްތައް ވާން ފެށުމުން، ދީޕިކާ އާއި ރަންވީރުގެ ލޯބީގެ ގުޅުން އަދިވެސް އޮތްކަމާއި މެދު ސުވާލު އުފެދެން ފެށިއެވެ. އިންޑިއާގެ ބައެއް މީޑިއާ ތަކުގައި، މިދެތަރިންގެ މެދުގައި އޮތް ލޯބީޣެ ގުޅުން ކެނޑިއްޖެ ކަމަށް ބުނެވެސް ވާހަކަ ފެތުރުނެވެ.
ނަމަވެސް ދެތަރިންގެ މެދުގައިއޮތް ލޯބީގެ ގުޅުން ނުކެނޑޭކަން ސާބިތު ކުރެވުނީ، ވަރަށް ފަހުން އެއާރޕޯޓު ތެރެއިން ނޫސްވެރިއަކު ނެގި ފޮޓޯއަކުންނެވެ. ދީޕިކާ އާއި ރަންވީރު އެއާރޕޯޓުގެ ގޮޑިއެއްގެ ވަރަށް ގާތުގައި އިށީންދެގެން އިން ފޮޓޯ ނޫސްވެރިއަކު ނަގާފައިވާއިރު، އެފޮޓޯއިން ފެންނަ އަނެއް މަންޒަރަކީ ނޫސްވެރިޔާ އެފޮޓޯ ނަގާތީ ރަންވީރު ވަރަށް ހިތްހަމަ ނުޖެހިފައި އިން މަންޒަރެވެ.
ރަންވީރަކީ އަބަދުވެސް މީޑިއާ އާއި ވަރަށް ހީސަމާސާކޮށް ހަދާ މީހަކަށް ވެފައި، އެދުވަހު އެފަދައިން ކަންތައް ކުރުމުން ގިނަ ބަޔަކު ހައިރާންވިއެވެ. އަދި މިކަންވީ އިންޑިއާގެ ނޫސްވެރިން އެފްބީއައީ އޭޖެންޓުންނަށްވެ ދީޕިކާ އައި ރަންވީރު އާއި ދެމެދު ކަންތައްވަމުން އައި ގޮތް ތަޙުޤީޤު ކުރަން ބޭނުންވި ކަމަކަށެވެ.
މިކުރި ތަޙުޤީޤުން އެމީހުންނަށް ހޯދުނީ، މިދެތަރިން އެއްކޮށް ކުޅެން ހަމަޖެހިފައިވާ "ޕަދްމާވަތީ" އަށް ދާދިފަހުން ދިމާވި މައްސަލަތަކުގެ ސަބަބުން، ފިލްމު ޕްރޮމޯޓު ކުރުމުގެ ކުރިން ދެމީހުން އެކީގައި ނުފެނުމަށް އެފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އަމުރުކޮށްފައިވާ ކަމެވެ.
ފިލްމުގެ ވާހަކައާއި ގުޅުވުމަށްޓަކައި، ދީޕިކާ އާއި ރަންވީރު އާއި ދެމެދު އެއްވެސް ލޯބީގެ ކަންތައްގަނޑެއް ހިނގާކަން ބަންސާލީ ދައްކާކަށް ބޭނުމެއް ނުވެއެވެ.