25 އަހަރުގެ އަކްބަރު ކާލައިގެން މަރުވެފައޮތް ހަރުފައިގެ ބަނޑުން އަކްބަރު ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
25 އަހަރުގެ އަކްބަރު ކާލައިގެން މަރުވެފައޮތް ހަރުފައިގެ ބަނޑުން އަކްބަރު ނަގައިފި
މިދިއަ އާދީއްތަ ދުވަހު އާދައިގެ މަތިން އަކްބަރު އުޅުނީ ޕާމްއޮއިލް ހެދުމުގެ މަސައްކަތުގައެވެ. އަކްބަރު ގެއްލުނުކަން އޭނާގެ އަވަށްޓެރިންނަށް އެނގުނީ އާދީއްތަ ދުވަހުގެ ރޭ އޭނާ ނުފެނުމުންނެވެ.

އަކްބަރު ހޯދުމުގެ މަސައްކަތްކުރަމުން ދިއަ އޭނާގެ ތިމާގެ މީހުންނާއި ރަހްމަތްތެރިންނަށް އަކްބަރުގެ ގެއާއި ދާދި ކައިރިން ފެނުނީ މަރުވެފައި އޮތް 7 މީޓަރު (ގާތްގަނޑަކަށް 23 ފޫޓް) ދިގު ބިޔަ ހަރުފައެވެ. އެއިގެ ބަނޑު މާބޮޑަށް ފުފިފައި އޮތުމުން އަވަށުގެ މީހުންނަށް ހަރުފަ އޮތީ އަކްބަރު ކާލައިގެން ކަމާއިމެދު ޝައްކުވިއެވެ. އަދި އަނގަ ހުޅުވައި ބަލައިލުމުން އަކްބަރުގެ ފައިވާން ފެނުމުން ހާދިސާ ޔަޤީން ކުރެވުނެވެ.

ތިލައިގައި 18 އިންޗި ހުރި ވަޅިއެއް ބޭނުންކޮށްގެން ހަރުފައިގެ ބަނޑު ފަޅައިލިއިރު އަކްބަރުގެ ހަށިގަނޑު ހަޖަމްނުވެ ބަނޑުގައި އޮތެވެ.

ޤަބޫލުކުރެވޭ ގޮތުން އަކްބަރު ކައިލިތަނާ މާގިނަ އިރެއް ނުވެ ހަރުފަ މަރުވުމުން ހަޖަމްކުރުމުގެ ބާރު ކެނޑުނީއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑޮނޭސިއާގެ ސެލްވޭސީ ރަށުގެ ދެކުނު ސަރަހައްދުގައެވެ.

މިއަދު އޮންލައިން