އޭވީސީ ވޮލީބޯލް މުބާރާތުގެ ފައިނަލް މިއަދު ހަވީރު- ބައްދަލުކުރާނީ ކިރްގިސްތާނާއި ތުރުކަމަނިސްތާން..

ކިޔުމަށް ހޭދަވާނީ 37ސ
އޭވީސީ ވޮލީބޯލް މުބާރާތުގެ ފައިނަލް މިއަދު ހަވީރު- ބައްދަލުކުރާނީ ކިރްގިސްތާނާއި ތުރުކަމަނިސްތާން..
ތިން ވަނަ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެއެވެ.

މި މެޗުގައި ބައްދަލު ކުރާނީ ކިރްގިސްތާނާއި ލީގު ބުރުގެ އެއް ވަނަ ހޯދި ތުރުކަމަނިސްތާނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު 16:00 ގައި ކުޅޭ އިރު، ފައިނަލްގެ ފަހު ޖާގަ ކިރްގިސްތާނުން ހޯދީ ސެމީގައި ނޭޕާލާ ވާދަކޮށް ސީދާ ތިންސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ކިރްގިސްތާން ޓީމުން މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-23 އަދި 25-20 އިންނެވެ.

އިއްޔެގެ މެޗުން ނޭޕާލް ބަލިވުމުން އެޓީމަށް ވަނީ މުބާރާތުގެ ތިން ވަނަ ލިބިފައެވެ.
މިއަދު އޮންލައިން