ހިފާފައިވާ ބިންތަކުން އިޒްރޭލުން ފައިބައިފިނަމަ އަރަބި ޤައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހިކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިފާފައިވާ ބިންތަކުން އިޒްރޭލުން ފައިބައިފިނަމަ އަރަބި ޤައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހިކުރަން ނިންމައިފި

1967 ވަނަ އަހަރުގެ ހަނގުރާމައިގާ އިޒްރޭލުން ހިފާާފައިވާ އަރަބިންގ ބިންތަކުން ފައިބަިފިނަމަ އިޒްރޭލާއިއެކު ގުޅުން ބަދަހިކުރަން އަރަބި ޤައުމުތަކުވެރިން ނިންމަވައިފިއެވެ. މިކަން ނިންމަވައި އިއުލާނު ކުރެއްވީ އރުދުންގެ ޑެޑްސީ ރިޒޯޓެއްގައި ކުރިއަށް ގެންދިއަ އަރަބި ޤައުމުތަކުގެ ވެރިންގެ ސަމޓަށްފަހު ހާމަކުރި ގުޅިފައިވާ ބަޔާނުގައެވެ.

މިބަޔާން އިއްވަވަމުން އަަރބި ލީގްގެެ ސެކެޓްރީ ޖެނެރަލް އަހްމަދު އަބްދުލްޣައިތް ވިދާޅުވީ އިޒްރޭލާއި ފަލަސްޠީނުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއްވެސް އަރަބި ލީގުން ފޯރުކޮށްދޭނެ ކަމަށެވެ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖެހެން ޖެހޭނެ ކަމަށާއި ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ޤަބޫލުކުރަން އިޒްރޭލަށް ޖެހޭނެ ކަމަށެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި 21 ލީޑަރުން ވަނީ އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުނުކުރުމަށް ގޮވާލައްވައިފައެވެ. ނަމަވެސް ބޯހަރު ޓްރަމްޕް އަދިވެސް ބުނަމުންދަނީ އެކަން ކުރާނެ ކަމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށްވެސް ސަމިޓުގައި ވަނީ މަޝްވަރާކޮށްފައެވެ. ލީޑަރުން ފާހަގަކުރެއްވި ގޮތުގައި އަރަބި ޤައުމުތަކުގައި އުފެދިގެން އުޅޭ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމީ އަވަށްޓެރި ޤައުމުތަކަށް އިހްތިރާމްކޮށް ގުޅުން ބަދަހިކުރުމެވެ.
މިއަދު އޮންލައިން