ލޯބިވާ ކޮއްކޮއަށްޓަކައި22 ގަޑީރުގެ ދަތުރެއް ކަޑަތުކުރަން ސަލްމާން ތައްޔާރު

ކިޔުމަށް ހޭދަވާނީ 1މ 21ސ
ލޯބިވާ ކޮއްކޮއަށްޓަކައި22 ގަޑީރުގެ ދަތުރެއް ކަޑަތުކުރަން ސަލްމާން ތައްޔާރު


ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަލްމާން ޚާން، އޭނާގެ ތުއްތު ތުއްތު ކޮއްކޮ އާހިލް ދެކެ ވަރަށް ބޮޑަށް ލޯބިވާކަން މުޅި ދުނިޔެއަށް ވެސް ސިއްރުވެފައެއް ނުވެއެވެ. ނަމަވެސް ކޮއްކޮއަށްޓަކައި 22 ގަޑީރު މަތިންދާ ބޯޓެއްގައި ހޭދަކޮށްފާނެ ކަމަކަށް ގިނަ މީހުން ހިއެއް ނުކުރެއެވެ.

ނަމަވެސް މިއީ ތެދެކެވެ. ފިލްމު "ޓައިގަރ ޒިންދާ ހޭ" ގެ ޝޫޓިންގ އަށް އޮސްޓްރިއާ އަށް ދިޔަ ސަލްމާން ޚާން، އޭނާގެ ކޮއްކޮގެ ދަރިފުޅު (އޭނާ އެންމެ ލޯބިވާ ކޮއްކޮ) އާހިލް އަށް އެއް އަހަރުފުރޭ އުފަން ދުވަސް ފާހަގަ ކުރުމަށް މިހާރު ވަނީ ދަތުރު ފަށާފައެވެ. އޮސްޓްރިއާ އިން ރާއްޖެ އައުމަށް 22 ގަޑީރު ސަލްމާން ޚާން އަށް ދަތުރު މަތީގައި ހޭދަ ކުރަން ޖެހެއެވެ.

ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން އާއި އޭނާގެ ފިރިމީހާ އާޔުޝް ޝަރްމާ އެމީހުންގެ ދަރިފުޅު އާހިލްގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރަން މިހާރުވީ ރާއްޖެ އައިހެވެ. އެދެމަފިރިންގެ އިތުރުން އަރްބާޒް ޚާން އާއި ސުޙެއިލް ޚާން އަދި ސަލްމާން ގެ މިހާރުގެ ލޯބިވެރިޔާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނާ އިއުލިއާ ވަންތޫރް ވެސް މިހާރު ރާއްޖެ އައިސްފިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އާއިލާގެ އެންމެން އައިސްފައިވާއިރު، "ފެމިލީ ފޮޓޯ" ގައި އަދި މަދީ ހަމައެކަނި ސަލްމާން އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ ސަލްމާން ވެސް އޭނާގެ ކޮއްކޮ ގެ އުފަންދުވަސް ފާހަގަ ކުރުމުގައި ބައިވެރިވެ، އަލުން އޮސްޓްރިއާ އަށް ފުރުމުގެ ކުރިން އޭނާގެ އާއިލާއާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލާނެއެވެ.

މިއަދު އޮންލައިން