ކުލަބް މޯލްޑިވްސް 2017 ގައި ވާދަކުރާ ޕޮލިސް ކުލަބްގެ ފިރިހެން ފުޓްސަލް ޓީމުގެ ސްޕޮންސަރަކަށް ސެވަން ވީކްސް ބިލްޑިންގ އެންޑް ކޮންޓްރަކްޝަން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާރިޗު 26 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިސް ކުލަބު ނައިބު ރައީސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ނަދީމްއެވެ. ސެވަން ވީކްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޖާޙްއެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ސެވަން ވީކްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަންގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ކުލަބް މޯލްޑިވްސް ކަޕް އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ޕޮލިސް ކުލަބުގެ ފިރިހެން ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ މެޗުގައި އޭޕްރީލް 11 ވަނަ ދުވަހު ނުކުންނާނީ ފެނަކަ ޓީމާ ދެކޮޅަށެވެ.