އޭވީސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ތުރުކެމެނިސްތާން ބަލިކޮށް ކިރްގިސްތާނުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
އޭވީސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ތުރުކެމެނިސްތާން ބަލިކޮށް ކިރްގިސްތާނުން ހޯދައިފި
އޭޝިއަން ސެންޓްރަލް ސެންޓްރަލް (އޭވީސީ) ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ތުރުކެމެނިސްތާން ބަލިކޮށް ކިރްގިސްތާނުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 25-20، 21-25، 25-19 އަދި 25-22 އިންނެވެ.

ރާއްޖޭގައި ބޭއްވި ބައިނަލްއަޤުވާމީ ފުރަތަމަ ފިރިހެން ވޮލީބޯޅަމުބާރާތުގައި މިއަހަރު 4 ޓީމު ބައިވެރިވެފައުވާ އިރު، ނޭޕާލް 3 ވަނަ ހޯދި އިރު، ރާއްޖެއަށް ލިބުނީ 4 ވަނައެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑްއެޓޭކަރަކަށް ކިރްގިސްތާންގެ ޓޮކްޓޮއެވް ނުރްމުހައްމަދު ހޯދި އިރު، ދެ ވަނައަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ނޭޕާލްގެ މަންބަހާދުރް ޝްރެސްތާ އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރަކީތުރުކުމެނިސްތާންގެ ގުލްޔޭވް މިތުންނެވެ. ދެވަނައަށް ދއެޓީމުގެ ބަހްރަމް ރޮޒްމަޓޯވް ދިޔަ އިރު، އެންމެ މޮޅު ސެޓަރަކީ ކިރްގިސްތާންގެމުސައެވް އެވެ. އަދި އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެއެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިރްގިސްތާންގެ އޮނޮލްބެކް އެވެ.

އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީތުރުމެނިސްތާންގެ އޮވެޒޯވް ގުދުރަތު އެވެ. 23 އަހަރުން ދަށުގެ އެންމެއުއްމީދީ ކުޅުންތެރިޔާގެ މަޤާމު ލިބުނީ ކިރްގިސްތާންގެ އިދްރިސޯވް އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުޝަރަފްވެރިކޮށްދެއްވީ އޭވީސީ ސެންޓްރަލް ޒޯންގެ ޖެނެރަލް ސެކްރެޓަރީ ސުނީލްދަތު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ނަޝީދާއި ކުޅިވަރާ ބެހޭ ވަޒީރުއިރުތިޝާމް އާދަމް އަދި ވޮލީބޯލް އެސޯސިއޭޝަން މުހައްމަދު ލަތީފް އެވެ.


މިއަދު އޮންލައިން