ދިވެހި ޤައުމީ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމު ޗައިނާއަށް ފުރައިފިއެވެ.
މިއީ އަންނަ އޭޕްރީލް މަހުގެ 9 އިން 16 އަށް ޗައިނާގެ ވިޝޫ ގައި ބާއްވާ އޭޝިއަންޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ކުރާ ދަތުރެކެވެ.
މިއަދު ހަވީރު ޗައިނާއަށް ފުރި ޤައުމީފިރިހެން ޓީޓީ ޓީމުގައި ހިމެނެނީ މޫސާ މުންސިފް އަހުމަދާއި މުހައްމަދުޒީސްތް ނަސީމް އަދި މުހައްމަދު ޝައްފާން އިސްމާޢީލް އެވެ. އަންހެންޓީޓީ ޓީމުގައި ހިމެނެނީ އައިމިނަތު ޝިއުރާ ޝަރީފާއި އައިޝަތު ރަފާ ނާޒިމާއިފާތިމަތު ޖުމާނާ ނިމާލް އަދި އައިޝަތު ފަދުވާ ރަޝީދު އެވެ.
މި މުބާރާތުގެ ކުރިން އިތުރު ތަމްރީނުތައް ހެދުމަށް ޗައިނާގެ ނަންޖިންގ ގައި އެއްހަފުތާ މަޑުކުރާނެކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ. އެތަމްރީނުތަކުގައި ޗައިނާގެ ޕްރޮވިންސް ލެވަލްގެ ކުޅުންތެރިންނާއެކުއެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސްބުންޏެވެ.
އަންނަ އަހަރު ބާއްވާ ވަރލްޑް ޗެމްޕިއަންޝިޕްގައިރާއްޖެއަށް ބައިވެރިވެވޭނީ މިމުބާރާތުގެ ކުޅުމަށް ބެލުމަށްފަހުރޭންކް ކުރެވޭ ތަރުތީބުން ކަމަށްވާތީ މި މުބާރާތް ރާއްޖެއަށް ވަރަށް މުހިންމު ކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން ބުންޏެވެ.
މިދަތުރު ނިންމާލުމަށްފަހު ޤައުމީ ޓީޓީ ޓީމު އެނބުރި ރާއްޖެ އަންނާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.