ވެސްޓް ބޭންކުގަ ގެތައް އެޅުމުގެ މަޝްރޫއު އިޒްރޭލުން ކުރިއަށް ގެންދަން ނިންމުމުން އދ އިން ކަންބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ވެސްޓް ބޭންކުގަ ގެތައް އެޅުމުގެ މަޝްރޫއު އިޒްރޭލުން ކުރިއަށް ގެންދަން ނިންމުމުން އދ އިން ކަންބޮޑުވެއްޖެ
އިޒްރޭލުން ފޭރިގެންފައިވާ ވެސްޓް ބޭންކުގެ ސަރަހައްދުގައި އިތުރު ގެތައް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ބްރާސްފަތި ދުވަހު އިޒްރޭލުގެ ވަޒީރުންގެ މަޖިލިހުން ނިންމުމުން އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މުނާފިޤުކަން ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު މިދިއަ ހަފްތާގައި ބުނީ ގެދޮރު އެޅުމުގެ ލަސްކުރާނެ ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުން ފާސްކުރީ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

ސެކެޓްރީ ޖެނެރަލް އެންޓޯނިއޯގެ ތަރުޖަމާނު ބުނީ ފަލަސްޠީނުގެ މައްސަލައިގައި ދެ ސްޓޭޓް ރިޒޮލިޔުޝަން ނޫން ޕްލޭނަކަށް ސެކެޓްރީ ޖެނެރަލް ތާއީދު ނުކުރާނެ ކަމަށެވެ. އެހެންކަމުން ހިފާފައިވާ ބިންތަކުގައި އިޒްރޭލުން އިތުރު ގެތައް އެޅުމަށް ތާއީދު ނުކުރާނެ ކަމަށެވެ.

އެމެރިކާއިން ވެސް މީޑިއާ ކުރިމަތީގައި އެންމެ ގިނައިން ބުނަނީ އިތުރު ގެތައް އެލުމަކީ ޞުލްހައަށް އޮތް ހުރަހެއް ކަމަށެވެ. ނަަމަވެސް އެއީ ރައީސް ޓްރަމްޕްގެ ރަސްމީ ބަސްކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ.

މިއަދު އޮންލައިން