ކީރިތި ޤްރްއާނުގެ ފުރިހަމަކަން އދގެ ސެކެޓްރީ ޖެެނެރަލް ވެސް ޤަބޫލުފުޅު ކުރައްވާކަން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކީރިތި ޤްރްއާނުގެ ފުރިހަމަކަން އދގެ ސެކެޓްރީ ޖެެނެރަލް ވެސް ޤަބޫލުފުޅު ކުރައްވާކަން ހާމަވެއްޖެ!
މުސްލިމުންގެ އެންމެ މަތިވެރި ދުސްތޫރު، ކީރިތި ޤްރްއާނުގެ ފުރިހަމަކަން އދގެ ސެކެޓްރީ ޖެެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ޤަބޫލުފުޅު ކުރައްވާކަން ހާމަވެއްޖެއެވެ.

އުރުދުންގައި މިދިއަ ހަފްތާގައި ބޭއްވި އަރަބި ސަމިޓުގައި އެންޓޯނިއޮ ވަނީ އެކަން ހާމަކުރައްވައިފައެވެ. ރެފިޔުޖީންގެ މައްސަލަ ހައްލުކުރަންޖެހޭކަން ބަޔާން ކުރައްވަމުން އެންޓޯނިއޯ ވިދާޅުވީ އދ އިން ފާސްކޮށް އަމަލުކުރާ ރިފިޔުޖީންގެ ޤަރާރުގައި، މީގެ 1400 އަަހަރު ކުރިން މާތްﷲ ބާވައިލެއްވެވި ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވާފައި ނުވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މިކަމުން އަންގައިދެނީ ދުނިޔޭގެ އެންމެ މަތީ ވެރިންނަކީވެސް ކީރިތި ޤްރްއާނުގެ މަތިވެރިކަން އެނގިވަޑައިގެން ތިއްބެވި ބޭފުޅުންކަމެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ކަންކަން ހާމަނުކުރައްވަނީ ކަމެވެ. ކީރިތި ޤްރްއާނުގެ މަތިވެރިކަމަށް އެއްބަސްވެވަޑައިގަންނވަން ބޭނުންފުޅު ނުވަނީ ކަމެވެ.

ކީރިތި ޤްރްއާނުގެ މަތިވެރިކަން ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރަންޖެހެނީ މުޅި ދުނިޔެ އެއްވެގެން ހިންގާ އދ ފަދަ މުޅި ދުނިޔެ ބައިވެރިވާ ޖަމާއަތްތަކަށްވެސް ކީރިތި ޤްރްއާނުގައިވާ ހުކުމްފުޅުތަކަށްވުރެ ފުރިހަމަ ޙުކުމެއް އަދި އުޞޫލެއް ނަމަވެސް އުފެއްދިފައިނުވާތީއެވެ.

އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެކަން މާތްﷲ ވަނީ ވަނީ ކީރިތި ޤްރްއާނުގައި ބަޔާންކޮށްދެއްވަވައިފައެވެ.

މިއަދު އޮންލައިން