ބޯކޯ ހަރަމުން 22 އަަންހެންކުދިން ފޭރިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ބޯކޯ ހަރަމުން 22 އަަންހެންކުދިން ފޭރިގެންފި
ނައިޖިރިއާގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރުމުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ބޯކޯ ހަރަމުން 22 އަންހެން ކުދިން ފޭރިގެންފިއެވެ.

އޭއެފްޕީން ބުނެފައިވަނީ ބުރާސްފަތިވިލެރޭ ފަތިހު ޕިކަޕްތަކާއި ޓްރަކްތަކުގައި އައިސް ގެތަކަށް ވަދެގަނެ ފޭރިގަނެގެން ގެންދިއައީ 17 އަހަރުން ދަށުގެ އަންހެން ކުދިން ކަމަށެވެ. މިހާދިސާ ހިންގާފައިވަނީ ކެމަރޫން ބޯޑަރު ކައިރީ ސަރަހައްދުގެ އަވަށެއްގެ 2 ސަރަހައްދެއްގައެވެ.

މިހާދިސާ ހިންގި ކަމަށް ބެލެވެނީ ބޯކޯ ހަރަމްގެ ބާނީ މުޙައްމަދު ޔޫސުފުގެ ހަނގުރާމަވެރިންނެވެ.

ބޯކޯ ހަރަމުން ގެންދަނީ ދޭތެރެދޭތެރެއިން ފަޤީރުންގެ އަވަށްތަކަށް އަރައިގަނެ އަންހެންކުދިން ފޭރެމުންނެވެ. ފޭރުމަށްފަހު ހަދަނީ އެމީހުންގެ ޖާރިޔާތަކަށެވެ.

މިއަދު އޮންލައިން