އިންޑިއާގެ ގުޖުރާތުގައި ގެރިއަށް އިންސާނުންގެ ދަރަޖަދީ ގެރިއެއް ކަތިލައިފިނަމަ އުމުރަށް ޖަލު ޙުކުމް އިއްވަން ސްޓޭޓް އެސެބްލީން ފާސްކޮށްފިއެވެ.
ޤާނޫނަށް ގެނައި އިޞްލާޙްގައި ބުނެފައިވަނީ ކަތިލަން ގެރިއެއް އުފުލައިފިަމަ 7 އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އިއްވާނެ ކަމަށެވެ. އަދި 100،000 ރުޕީސް އިން ޖުރުމަނާ ކުރާނެ ކަމަށެވެ.
މި ޤާނޫނުގައި ގެރިމަސް ކައިފި މީހަކަށް ދޭނެ އަދަބު ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން ގެރިމަސް ކައިފިނަމަ ގޮހޮރު ނަގައި ކްލޮރިން އިން ސާފުކުރަންޖެހުމަކީ އެކަށީގެންާ ކަމެކެވެ.
ސްޓޭޓް އެސެމްބްލީގެ މެމްބަރުން ބުނެފައިވަނީ ގެރިކަތިލުމުގެ ބިލް އިޞްލާޙްކުރީ ޖަނަވާރުތައް ހިމާޔަތް ކުރުމަށް ކަމަށެވެ. އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ގެރި ކަތިލާ މީހުންނަށް މިހާރުވެސް ގެންދަނީ ޖަލު ޙުކުމް އިއްވަމުންނެވެ. ގެރި ކަތިލުމުގެ ކުށުގައި މިހާރުވެސް ވަނީ އެތައް ބައަކު މަރާފައެވެ.