މުޒާހަރާކުރި މީހުން މަޖިލިސްކުރާގެއަށް ވަދެފައިވަނީ އިމާރާތުގެ ކުޑަދޮރުތަކާއި ބައެއް ތަންތަން ހަލާކުކޮށްގެންނެވެ. ވަނުމަށްފަހު ޓަޔަރު ފަދަ ތަކެތި ފުނި ފުންޏަށް ޖަހައި އިމާރާތް ވަނީ އެކުގައި އަންދާލައިފައެވެ.
ޕެރެގުއޭގައި 35 އަހަރުގެ ޚުދުމުޚުތާރުވެރިކަމަކަށްފަހު 1992 ގައި ފާސްކުރި ޤާނޫނު އަސާސީގައި ބުނެފައިވަނީ ވެރިކަން ކުރެވޭނީ ގިނަވެގެން 5 އަހަރު ކަމަށެވެ. ނަމަވެސް މިހާރު ހުރި ރައީސް ވަނީ ވެރިކަން ކުރެވޭނެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައެވެ.
މަޖިލީހުން މި އިސްލާޙް ބަލައިގަތީ އެކަމަށް މަޖިލީހުގެ ރައީސް ވެސް ދެކޮޅުހަދާފައި ވަނިކޮށެވެ.
މުޒާހަރާކުރި މީހުންނާ ދިމާއަށް ލައިން ވަޒަން ޖެހުން ފިޔަވައި ބޭނުންކުރެވެންހުރި ހުރިހާ ބާރެއް ފުލުހުން ވަނީ ބޭނުންކޮށްފައެވެ. ގިނަ ބަަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެއިގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.
މުޒާހަރާކުރި މީހުން ބުނަމުން ދިއައީ ޚުދުމުޚުތާރު އިތުރު ވެރިކަމަކަށް ފުރުޞަތުދޭން ބޭނުން ނުވާ ކަމަށެވެ.