އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ ނުކުޅުދުންތެރި އަންހެން ކުއްޖަކު ވަގަށް ނަގައި މަރާލުމަށްފަހު ޖިންސީ ގުޅުން ހިންގައިފިއެވެ.
އުމުރުން 19 އަހަރުގެ އަލެއާ ވަގަށް ނެގީ އޭނާގެ ގޭގައި އޮއްވައެވެ. އުމުރުން 25 އަހަރުގެ ޓެރެންސް ބުނީ އަންހެން ކުއްޖާ ވަގަށް ނަގައިގެން ގޮސް އެނދެއްގައި ބަނދެފައި މަރުވަންދެން ބޭއްވީ ކަމަށެވެ. އަދި މަރުވުމުން ޖިންސީ ގުޅުން ހިންގީ ކަމަށެވެ.
އޭނާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާއަށް އެކަން ކުރުމުގެ ޚިޔާލު ލިބުނީ ސިންތެޓިކް މަރުޖުއާނާ ލިބުމުންނެވެ. މިމައްސަލައިގެ ހަޤީޤަތް ހާމަވީ އަންހެން ކުއްޖާ ގެއްލިގެން ހޯދާތާ 8 މަސްދުވަސް ފަހުންނެވެ.