ނެޓްބޯޅަ ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް ފުރައިފިއެވެ.
މިއީ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕުގައިރާއްޖޭގެ ފަރާތުން ތަމްސީލް ކުރާނެ އަމްޕަޔަރެއް ހޮވުމަށް ފޮނުވި ނެޓްބޯލްއެސޯސިއޭޝަނުގެ ސީ ބެޖު ހަތަރު އަމްޕަޔަރުންނެވެ.
ސިންގަޕޫރަސް ދިޔަ 4 އަމްޕަޔަރުންނަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައިރާއްޖެ ތަމްސީލްކުރި އަމްޕަޔަރރިޟުވާންއާދަމާއި، ބިންޔާމިން ޔޫސުފާއި، ނަބީލް އިބްރާހިމް އަދި ޝާމިން އިބްރާހިމްއެވެ.
މިއަހަރުގެ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 21 އަހަރުންދަށުގެ ޓީމެއް ވާދަކުރަން ނިންމާފައިވާ އިރު، އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ކޮރެއާގައި ފަށާ މި މުބާރާތުގައިވާދަކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި 16 ކުޅުންތެރިން މިހާރު ވަނީހިމަނާފައެވެ.
މި ޓީމުގެ ކޯޗުގެ މަޤާމަށް އައިމިނަތުހަލީމް ހަމަޖައްސާފައިވާ އިރު، އެސިސްޓެންޓް ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ އައިޝަތު ލޫނާ މޫސާ އެވެ.
މި ސްކޮޑު އިޢުލާނު ކޮށްފައިވީ ނަމަވެސް ކުޅުންތެރިންގެ ޙާޟިރީއަށާއި ފެންވަރަށް ބަލައި، މި ސްކޮޑަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުންޏެވެ.