ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫ ހޯދާ، ޒޯންބުރަށް ކޮލިފައިވެއްޖެ

ކިޔުމަށް ހޭދަވާނީ 56ސ
ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫ ހޯދާ، ޒޯންބުރަށް ކޮލިފައިވެއްޖެ
މިނިވަން ޗެމްޕިއަންޝިޕުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން މުރައިދޫ ބަލިކޮށް މާރަންދޫ ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ނަތީޖާ ހަމަހަމަވެގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީޝޫޓް އައުޓްގައި ކުރިހޯދައިގެންނެވެ.

ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުންވެސް ލަނޑު ޖަހާފައިވަނީ ޕެނަލްޓީންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މުރައިދޫއަށް ލިބުނު ޕެނަލްޓީ އަސްރާރު ޢަބްދުﷲ ކާމިޔާބުކޮށް ލީޑު ނަގާފައިވަނިކޮށް، 50 ވަނަމިނެޓުގައި މާރަންދޫއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަކޮށްދިނީ މުހައްމަދު ސާޖިދެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މާރަންދޫގެ އަހުމަދު ރަމީޒާއި ހަސަންހުސައިން އާއި އިބްރާހީމް ރަމީޒު އަދި ހުސައިން އާދަމްގެ ޕެނަލްޓީ ކާމިޔާބު ކުރި އިރު، މުރައިދޫއިން ކާމިޔާބުކުރީ ހުސައިން ވިޝާލް، ޝިރަތު ޢަބްދުލްޢަޒީޒު އަދިމުހައްމަދު ރަޒީ ޖެހި ޕެނަލްޓީ އެވެ.

އަތޮޅު ބުރު ކާމިޔާބުކޮށް ޒޯން ބުރަށް ކޮލިފައިވި މާރަންދޫން ޒޯންގައިކުޅޭ ފުރަތަމަމެޗުގައިމި މަހުގެ 8 ވަނަ ދުވަހު ވާދަކުރާނީހދ.ގެޗެމްޕިއަނުންނާއިދެކޮޅަށެވެ.
މިއަދު އޮންލައިން