ދެވަނަ ޑިވިޝަންގެ ގަދަ 10 ކުލަބަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެވަނަ ޑިވިޝަންގެ ގަދަ 10 ކުލަބަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ
ދެވަނަ ޑިވިޝަންގެ ގަދަ 10 ކުލަބަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ދެވަނަ ޑިވިޝަންގެ ގަދަ 10 ގައިހިމެނޭ ކޮންމެ ޓީމަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ކުލަބުތަކުގެ ހިންގުންހަރުދަނާ ކުރުމަށްދޭ އެހީތެރިކަމެކެވެ.

މީގެ އިތުރުން ކުންފުނިތައް މެދުވެރިކޮށްމާލޭ ލީގުގެ ކޮންމެ ކުލަބަކަށް ދެމިލިއަން ރުފިޔާ، އަދި މާލޭލީގުންޕްރިމިއަރލީގަށްހޮވޭ4ކްލަބަށްއިތުރުއެއްމިލިއަން ރުފިޔާ، ޒޯންޗެމްޕިއަންކަންހޯދާޕުރިމިއަރލީގަށްއަންނަކޮންމެޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށްވެސްއެފްއޭއެމްއިންވަނީ ނިންމާފައެވެ. އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ 5 ޓީމަށްވެސް ފައިސާ އެހީދިނުމަށް ވަނީ ނިންމާފައެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ

ދެވަނަ ޑިވިޝަންގެ 10 ކުލަބަކަށް ފައިސާގެ ގޮތުން އެހީތެރިވާނެ ކުންފުނި

ސުޕޯޓްސް ކުލަބު މެކާނޯ – މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މަހިބަދޫ ސުޕޯޓްސް ކުލަބު – މޯލްޑިވްސްޕޯސްޓްލިމިޓެޑް
ވީކޭ ސުޕޯޓްސް ކުލަބު – މޯލްޑިވްސްޕޯސްޓްލިމިޓެޑް
ކުލަބު ޕީކޭ – މޯލްޑިވްސްޕޯސްޓްލިމިޓެޑް
ކުލަބު ޒެފްރޯލް – މޯލްޑިވްސްޕޯސްޓްލިމިޓެޑް
ޑީއޭ ގުރޭންޑް އަމީގޯސް ނިއު ޖެނަރޭޝަން – އެމްޕީއެލް
ބީޖީ ސުޕޯޓްސް ކުލަބު – އެމްޕީއެލް
ޖޭޖޭ ސުޕޯޓްސް – އެމްޕީއެލް
ކުޑަހެންވޭރު ޔުނައިޓެޑް – އެމްޕީއެލް
ވިޔަންސާ – އެމްޕީއެލް

މިއަދު އޮންލައިން