ސަލްމާން ޚާން- ދިވެހިންގެ އެންމެ ގާތް ފިލްމީތަރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސަލްމާން ޚާން- ދިވެހިންގެ އެންމެ ގާތް ފިލްމީތަރި!
މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން އަކީ ދިވެހިންނާއި އެންމެ ގާތް ފިލްމީތަރި ކަމަށް ބުނެވިދާނެއެވެ. ގިނަ ސަބަބުތަކެއް ހުރުމުންނެވެ.

އިންޑިއާގެ ފިލްމީތަރިންގެ ތެރެއިން އެންމެ ގިނަ ފަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފިލްމީތަރިއަކީ ސަލްމާން ޚާން ކަމަށްވުމަކީ އެއް ސަބަބެވެ. އަދި އެދަތުރުތަކުގެ ތެރެއިން ސަލްމާން ޚާން ވަނީ ދިވެހިންނާއި ގާތްކަން އުފައްދާފައިވުމަކީވެސް މިކަމުގެ އެއް ސަބަބެވެ.

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އިފްތިތާޙްކުރުމުގެ ހަފްލާގައި ސަލްމާން ޚާން ވަނީ ބައިވެރިވެ ހަފްލާ ޝަރަފްވެރިކޮށްދީފައެވެ. މީގެ އިތުރުން އިސްކަންދަރު ސްކޫލަށް ސަލްމާން ޚާން ކުރި ޒިޔާރަތަކީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ކަމެކެވެ.

ގިނަ ސަބަބުތަކަށްޓަކައި ސަލްމާން ޚާން ވަނީ ދިވެހިންގެ ހިތްތަކުން ޚާއްޞަ ޖާގައެއް ހޯދާފައެވެ. ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ސަލްމާން ޚާން އަކީ އެމީހުންގެ އެންމެ މަޤްބޫލް ބަޠޮލެވެ.

ސަލްމާން ޚާނާއި ޢާއިލާ ވަނީ ވަަރަށްފަހުންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

މިއަދު އޮންލައިން