ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސްކަމުން އިއްޒަތު ވަހީދު ވަކިކޮށްފިއެވެ.
އެ އެސޯސިއޭޝަނުން ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ޤައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ވިދާޅުވީ އޭނާ އެ މަޤާމުން ވަކިކޮށްފައިވަނީ އެ އެސޯސިއޭޝަންގެ ޢާންމު ޖަލްސާގައި ބައިވެރިވި ވޯޓުލެވޭ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރު ތިން ކްލަބްގެ ތެރެއިން ދެ ކްލަބް ހާޟިރުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.