ޒީ ޓީވީން ގެނެސްދޭ ޑްރާމާ ސީރީޒް، ޖަމާއީ ރާޖާއިން ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ބަޠަލާ ނިއާ ޝަރްމާގެ އިންސްޓަރގްރާމް އެކައުންޓު ހެކް ކޮށްފިއެވެ.
އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ އިންޓަރގްރާމް އެކައުންޓް ހެކް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާގެ ފޭނުންގެ ސަމާލުކަމަށް އެކަން ގެންނަ ކަމަށެވެ. އަދި އެއްވެސް މީހެއްގެ އިންސްޓަރގްރާމް ހެކް ކުރުމުން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށްވެސް ނިއާ ވަނ ބުނެފައެވެ.
އޭނާގެ ޙަޔާތުގައި ހިނގާ ހުރިހާ ކަމެއްކަހަލަ ގޮތަކަށް ކޮންމެ ދުވަހަކުވެސް އިންސްޓަރގްރާމް މެދުވެރިކޮށް ފޭނުންނާއި ޙިއްޞާ ކުރަމުން އަންނަ އިރު، މިވަގުތު ނިއާ ހުރީ ޗުއްޓީ ހޭދަކުރުމަށް މަނާލީގައެވެ. އެތަނުގައި ހުރެވެސް އޭނާ ދިޔައީ ޗުއްޓީގެ ފޮޓޯތައް ޙިއްސާ ކުރަމުންނެވެ.
ނިއާ ޝަރުމާގެ އިންސްޓަރގްރާމް ހެކް ކުރި ނަމަވެސް އެ މައްސަލަ އަދި ކަމާ ބެހޭ ފަރާތްތަކަށް ހުށަނާޅާ ކަމަށްވެސް އޭނާ އާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ރާއްޖޭގެ ހިތްގައިމު މާހައުލުގައިވެސް ޗުއްޓީ ހޭދަކޮށްފައިވާ ނިއާ ޝަރުމާ އަކީ އިނޑިއާގެ ޓެލެވިޒަން އެކްޓަރުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ އަންހެން ފަންނާނުންގެ ތެރޭގައި ފާހަގަކޮށްލެވޭ، ހުނަރުވެރިއެކެވެ.
އެގޮތުން ސްޓާރ ޕްލަސް އިން ގެނެސްދިން ޑްރާމާ ސީރީޒް "އޭކް ހަޒާރޯމޭ މޭރީ ބެހެނާ ހެއި" އިން މާންވީގެ ރޯލުންނާއި ޒީޓީވީ އިން ގެނެސްދިން "ޖަމާއީ ރާޖާ" އިން ރޯޝްނީގެ ރޯލުގައި އޭނާ އަދާކޮށްފައިވާ ރޯލަށް ގިނަބައެއްގެ ތަޢުރީފް އޮހިފައިވެއެވެ.
ނިއާ ޝަރުމާގެ އިންސްޓަރގްރާމް ހެކް ކުރިޔަސް ޓްވިސްޓެޑް ނަމަކަށްކިޔާ ސީރީޒެއްގައި އަނެއްކާވެސް ނިއާ ޝަރުމާގެ ހުނަރު ދައްކާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.