އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މީހުން ޣާޒާއަށް ވަދެނިކުމެ ހެދުމަށް އިޒްރޭލުން ހުރަސްއަޅަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މީހުން ޣާޒާއަށް ވަދެނިކުމެ ހެދުމަށް އިޒްރޭލުން ހުރަސްއަޅަ!

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މީހުން ޣާޒާއަށް ވަދެ ނުކުމެ އުޅުމަށް އިޒްރޭލުން ހުރަސްއަޅަމުން ގެންދާ ކަމަށްބުނެ ރިޕޯޓެއް ޢާންމުކޮށްފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އިޒްރޭލުން އެކަންކަން ކުރަނީ ވަރަށް ބޮދަށް ކަންކަން ތަރުތީބުކޮށްގެން ކަމަށެވެ. އަދި ގިނަ ބައަކަށް މައްސަލަތައް ކުރުމަތިކުރުވަމުން ގެންދާ ކަމަށާއި މައްސަލަތައް ކުރިމަތި ކުރުވި ނަމަވެސް އެއްވެސް މީހެއްގެ އެއްވެސް ކުށެއް އިޒްރޭލަށް ދެއްކިފައި ނުވާ ކަމަށެވެ.

ހިޔުމަން ރައިޓްސް ވޮޗް އިން ބުނެފައިވަނީ 2008 ވަނަ އަަހރު ހުއްދަ ލިބުނު ފަހުން އެ ޖަމާއަތުގައި މަސައްކަތްކުރާ ފަލަސްޠީން މީހުން ފިޔަވައި އިތުރު ޤައުމެއްގެ މީހަކަށް ޣާޒާއަށް ވަދެ ނުކުމެ އުޅުމުގެ ހުއްދަ އިޒްރޭލުން ދީފައި ނުވާކަމަށެވެ.

އެޖަމާއަތުން ބުނެފައިވަނީ އެ ޖަމާއަތުގެ މެންބަރުންނަށް ޣާޒާއަށް ވަނުމުގެ ހުއްދަ ނުދެނީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ހަޤީޤަތް ހާމަކުރާނެތީ ކަމަށެވެ. އިޒްރޭލުން މިފަދަ އަނިޔާވެރި ދަށުދަރޖައިގެ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފް އަމަލުތައް ކުރި ނަމަވެސް އެކަމާއި ދެކޮޅަށް އެލޭނެ ފިޔަވަލެއް އޮންނަ ކަމަކަށް ނުވެއެވެ.
މިއަދު އޮންލައިން