އޮބާމާ މިޞުރުގެ ރައީސާ ގުޅުން ކަނޑައިލި- ޓްރަމްޕް ބޭނުންވަނީ ގުޅުން ބަދަހިކުރަން.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި މިޞުރުގެ ރައީސް އަލްސިސީ ވައިޓް ހައުސްއަށް ވައްދާފައެއް ނުވެއެވެ. އެއީ އޭނާގެ ސަރުކާރުގެ އަނިޔާވެރިކަން ބޮޑުކަމުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި އިއްޔެ އަލްސިސީ އާއި ބައްދަލުކޮށްފައެވެެ.
މި ބައްދަލުކުރުމުގައި އެންމެ ބޮޑަށް މަޝްވަރާކޮށްފައިވަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ދޭ ހަމަލާތައް ވަރުގަދަކުރުމާއިބެހޭ ގޮތުންނާއި އައިއެސް އާއި ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަކުރުމާއިބެހޭ ގޮތުންނެވެ.
ޓްރަމްޕް ބުނީ މިޞުރަށް އަސްކަރީ އެހީ އާއި އެހެނިހެން އެހީތައް ފޯރުކޮށްދޭނެ ކަމަށެވެ. މިޞުރަކީ ބަނގުރޫޓުވެފައިވާ ޤައުމަކަށްވާއިރު ޓްރަމްޕުގެ އެހީ މިޞުރަށް ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
ޓްރަމްޕް މިޖަހަނީ ވަރުގަދަ މަޅިއެއް ކަމަށް ބެލެވެއެވެ. ޓްރަމްޕުގެ ބޭނުމަކީ އިޒްރޭލުގެ މައްސަލައިގައި މިޞުރު މައިތިރިކޮށްފައި ބޭއްވުން ކަމަށް މަޝްރަޙް ދިރާސާކުރާ ގިނަ ބައަކު ޤަބޫލުކުރެއެވެ.