މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގެ ފައިނަލަށް ހަނިމާދޫ އާއި ކުޅުދުއްފުށި ދަތުރުކޮށްފިއެވެ.
ފައިނަލްގެ ފަހު ޖާގަ ހަނިމާދޫ އިން ކަށވަރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ނޮޅިވަރަމްގެ މައްޗަށް 2-0 އިން މޮޅުވެގެން ނެވެ.
މި މެޗުގެ 30 ވަނަ މިނެޓުގައި ހަނިމާދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ނާސިރު އެވެ. އަދި އެޓީމުގެ ދެވަނަ ގޯލަކީ ނޮޅިވަރަމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މުބާރާތް ބާއްވާ ރަށް ކުޅުދުއްފުށިން ފައިނަލުގެ ޖާގަ ހޯދީ ސެމީގައި ހިރިމަރަދޫ އަތުން 2-0 އިން މޮޅުވެގެންނެވެ.
81 ރަށަކުން ވާދަކުރާ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.