އެމެރިކާއަށް ލެޕްޓޮޕް ނުގެންދެވޭތީ ބައެއް އެއާލައިންތަކުން ލެޕްޓޮޕް ދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އެމެރިކާއަށް ލެޕްޓޮޕް ނުގެންދެވޭތީ ބައެއް އެއާލައިންތަކުން ލެޕްޓޮޕް ދެނީ
މުސްލިމް ޤައުމުތަކުން އެމެރިކާއަށް ކުރާ ދަތުރުތަކުގައި ލެޕްޓޮޕް، ފަސިންޖަރުންނާއިއެކު ނުގެންެވޭގޮތަށް އެމެރިކާއިން ހަމަޖެއްސުމުން ބައެއް އެއާ ލައިންތަކުން ފަސިންޖަރުންނަށް ލެޕްޓޮޕް ދޭން ނިންމައިފިއެވެ.

ޤަތަރު އެއާރވޭޒް އާއި އެމިރޭޓްސް އިން ބުނެފައިވަނީ ދެ އެއާލައިނުން އެމެރިކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ލެޕްޓޮޕް ދޭނެ ކަމަށެވެ.

ޤަތަރު އެއާވޭޒް އިން ބުނީ އެއެއާލައިނުން ދޭނީ ފަސްޓް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށެވެ. "ފްލައިޓަށް އެރުމުގެ ކުޑައިރުކޮޅެއް ކުރިން ލެޕްޓޮޕް ހަވާލުކުރާނީ. އެމެރިކާއަށް ފައިވާއިރު ލެޕްޓޮޕް އަނބުރާ ނަގާނީ. އެއިރުން ފްލައިޓް މަތީގައި ފަސިންޖަރުންނަށް ލެޕްޓޮޕް ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ."

ހަމަ އެ ޤައުމުތަކުން ފުރާ އެމެރިކާގެ އެއާލައިންތަކުގެ ފަސިންޖަރުންނަށް އެމީހުންނާއިއެކު ލެޕްޓޮޕް ގެންދެވޭތީ މިއީ އިންސާފެއް ނޫން ކަމަށް އެއާލައިންތަކުން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން