އަވަށްޓެރި ސްރީލަންކާގެ ކެންޑީގައި ޑަބަލް ލައިން ޓަނެލް އެއް އެޅުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ޑެއިލީ މިރާގައި ބުނެފައިވަނީ އެޤައުމުގެ ކެބިނެޓުން އެކަމަށް ހުއްދަ ދީފައިވާ ކަމަށާއި އެ ޤައުމުގެ ހައިވޭސް އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ލަކްސްމަން ކިރިއެއްލާގެ ބެއްލެވުމުގެ ދަށުން އެޅުމަށް ނިންމާފައިވަނީ 5.5 ކިލޯމީޓަރގެ ޓަނެލްއެއް ކަމަށެވެ.
މިކަމަށް ޚަރަދު ކުރަނީ ސައުތު ކޮރެއާގެ އެކޮނޮމިކް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ފަންޑުން ކަމަށްވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.
މިޓަނެލްގެ ސަބަބުން ޓްރެފިކަށް މިހާރު ދިމާވެފައިވާ ދަތިކަން ޙައްލުވެގެންދާނެ ކަމަށާއި މި ޓަނެލް އަޅާނީ ބައިނަލްއަޤުވާމީ ފެންވަރަށް، ރައްކާތެރިކަމާއެކު ޕާކު ކުރެވޭނެ އިންތިޒާމާއެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.