ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓު 3 މަސްދުވަހަށްފަހު މާދަމާ ހުޅުވާނެ ކަމަށް އެޤައުމުގެ ޓްރާންސްޕޯޓްއެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ އެއަރޕޯޓުގެ އޮޕަރޭޝަންތައް 3 މަސްދުވަހަށް މެދުކަނޑާލީ ރަންވޭގެ މަރާމާތެއް ކުރުމަށެވެ.
އެއަރޕޯޓް މާދަމާ ހުޅުވިނަމަވެސް ނޯމަލް ފްލައިޓް އޮޕަރޭޝަންސްތައް ފަށާނީ ހުކުރު ދުވަހުންފެށިގެން ކަމަށާއި ރަންވޭ މިހާރު ވަނީ 60 މީޓަރުން 75 މީޓަރަށް ފުޅާކޮށްއޭ380ގެ ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީކޮށްފައިކަމަށް އެ ޤައުމުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެއެވެ. އަދި އެއަރޕޯޓުގެ ރަންވޭ މަރާމާތު ކުރުމަށް 48 މިލިއަން ޑޮލަރުޚަރަދުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލަންކާ އެއަރޕޯޓުގެ 30 އަހަރުވީ ރަންވޭ މަރާމާތު ކުރުމަށް ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 ން ހަވީރު 16:30 އަށް އަންނަނީ ބަންދުކުރަމުންނެވެ.
ރަންވޭގެ މަރާމާތުގެ ދުވަސްވަރު ފްލައިޓުތައް އޮޕަރޭޓް ކޮށްފައިވަނީ ހަމައެކަނި ރޭގަނޑުކަމަށްވާތީ ޤައުމީ އެއަރލައިންގެ ގިނަ ފްލައިޓްތައް ކެންސަލް ކުރަން ޖެހި، އަދިއެހެން އެއަރލައިންތަކުގެ ޝެޑިއުލަށްވެސް ބޮޑެތި ބަދަލެއް ވަނީ ގެންނަން ޖެހިފައެވެ.