އިރާޤްގަ ޖާނުން ފިދާވެގެން 31 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
އިރާޤްގަ ޖާނުން ފިދާވެގެން 31 މީހުން މަރާލައިފި
އިރާޤްގެ ތިކްރީތުގައި ބަޑިން ހަމަލާދިނުމަށްފަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި މިއަދު 31 މީހުން މަރާލައިފިއެވެ. އިރާޤުން ބުނެފައިވަނީ މި ހަމަލާ ދިނީ އައިއެސްގެ ބައަކު ކަމަށެވެ.

ފުލުހުން ބުނީ އެސަރަހައްދުގައި އައިސް އިން އަންގާރަ ދުވަހު ދިން ހަމަލާތަކުގައިވެސް 42 މީހކަށް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު ހަމަލާދިނީ 3 މީހުން ކަމަށާއި އެތިން މީހުންނަށް ފުލުހުން ހަމަލާދޭން ފެށުމުން އަމިއްލައަށް ހަށިގަނޑު ގޮއްވައިލީ ކަމަށެވެ.

އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މިހާރުވަނީ އިރާޤުގެ އެކި ސަރަހައްދުތަކަށް އެތެރެވެފައެވެ. ކޮންމެ ދުވަހަކުހެން ގެންދަނީ ހަމަލާތައް ދެމުންނެވެ.
މިއަދު އޮންލައިން