އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ހައިވޭ މަތިން ޓްރަކެއްގައި ގެރިތަކެއް އުފުލިމީހަކު މަރާލައިފިއެވެ. އަނިޔާ ލިބުނު 6 މީހަކަށް ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
ފުލުހުން ބުނީ މިކަންކުރި ބަޔަކު ނުފެންނަކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އޭނާގެ ޕޯސްޓްމޯޓޮމް ހެދުމަށްފަހުގައި ކަމަށެވެ.
މިހައިތަނަށް ގެރި އުފުލުމާއި ގެރިކަތިލުމުގެ މައްސަލަތަކުގައި އިންޑިއާގެ އެކި ސްޓޭޓްތަކުގައިވަނީ އެތައް ބައަކު މަރައިފައެވެ.
ގުޖްރާތު ސްޓޭޓްގައި ގެރިކަތިލައިފިނަމަ އެމީހަކަށް އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވާ ގޮތަށް މިހާރު ވަނީ ފާސްކޮށްފައެވެ. އެއީ މީހަކުމެރުމުންވެސް އިންޑިއާގައި ޢާންމުކޮށްދޭ އަދަބެވެ.