ލޯބިވާ އަނބިމީހާއަށް ލޯބިން 50 ޓިކެޓް ގަނެދިނުމުން އަނބިމީހާ 10 މިލިއަން ދިރިހަމްގެ މިލިއަނަރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ލޯބިވާ އަނބިމީހާއަށް ލޯބިން 50 ޓިކެޓް ގަނެދިނުމުން އަނބިމީހާ 10 މިލިއަން ދިރިހަމްގެ މިލިއަނަރަކަށް!
އިންޑިއާގެ ރައްޔިތެއްކަމަށްވާ ނިޝީތާ ރާޖަކްރިޝްނާ ޕިއްލޭ އަކީ ޔޫއޭއީގެ ހޮސްޕިޓަލެއްގައި ޚިދުމަތްކުރާ ކުޑަކުދިންގެ ޑޮކްޓަރެވެ. ދެމަ ފިރިން މީގެ ހަ މަސް ދުވަސްކުރިން ވަނީ ނިޝީތާގެ އިތުރު އިމްތިހާނެއް ހެދުމަށް އެމެރިކާއަށް ގޮސްފައެވެެ.

އެމެރިކާއަށް ދިއުމަށްފަހުވެސް ނިޝީތާގެ ފިރިމީހާ ދިއައީ ދޭތެރެދޭތެރެއިން ޔޫއޭއީ ބިގް ޓިކެޓް އޮންލައިންކޮށް ގަންނަމުންނެވެ. ޓިކެޓް ގަންނަމުން ދިއައީ ވަރަށް ލޯބިން ލޯބިވާ އަނބިމީހާގެ ނަމުގައެވެ.

ދެމަފިރިރިންނަށް ލިބުނު ކުއްލި ހައިރާންކަމަކީ ނިޝީތާގެ ނަމުގައި ގަނެފައިވާ ޓިކެޓެއް 1 ވަނަ އަށް ގޮސް 10 މިލިއަން ދިރުހަމް ލިބި މިލިއަނަރަކަށް ވެވުމެވެ.

ނިޝީތާ ބުނީ އޭނާގެ ފިރިމީހާ އަބަދުވެސް ހުންނަނީ ނިޝީތާގެ ނަމުގައި ކޮންމެވެސް ކަމެއް ކުރަން މޮޔަވެފައި ކަމަށެވެ. އެހެންކަމުން އެމެރިކާއަށް ދިއުމަށްފަހުވެސް ޓިކެޓް ގަންނަމުން ދިއައީ ކަމަށެވެ.

ދެމަފިރިން ބުނީ މިލިއަނަރުންނަށް ވެވުމުން އެ ފައިސާއިން ކުރާނެ ވަކިކަމެއް އަދި ނުނިންމާ ކަމަށެވެ.
މިއަދު އޮންލައިން