ކެމިކަލް ހަތިޔާރުން ހަމަލާދީ 72 މީހުން މެރުމުން ވެސް ސެކިޔުރިޓީ ކައުންސިލުގައި ރަސިއާ އިން ބަޝާރު ދިފާއުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކެމިކަލް ހަތިޔާރުން ހަމަލާދީ 72 މީހުން މެރުމުން ވެސް ސެކިޔުރިޓީ ކައުންސިލުގައި ރަސިއާ އިން ބަޝާރު ދިފާއުކޮށްފި
ސީރިޔާގެ ރައީސްކަމުގައި ހުރި ބަޝާރުލްއަސަދުގެ ސިފައިން އިއްޔެ ދިން ކެމިކަލް ހަމަލާގައި 72 މީހުން މަރުވުމުން އެމައްސަލަ އދ ގެ ސެކިޔުރިޓީ ކައުންސިލަށް މިއަދު ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށް ހުށަހެޅި ޤަރާރުގެ އިބާރާތްތައް ކަމުނުދާކަމަށްބުނެ ރަސިއާ އިން ވަނީ ބަޝާރު ދިފާއުކޮށްފިއެވެ.

ބަޝާރުގެ ސިފައިން އިއްޔެ ދިން ކެމިކަލް ހަމަލާގައި 72 މީހުން މަރުވެ އެތައް ސަތޭކަބައަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު މަރުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ. މިހަމަލާ ބެލެނީ ސީރިޔާގެ ހަނގުރާމައިގާ މިހައިތަނަށް ދިން އެންމެ ބޮޑު ކެމިކަލް ހަމަލާކަމަށެވެ.

އިއްޔެގެ ހަމަލާ ހޫނުވި ދެވަނަ ސަބަބަކީ މިހަމަލާގައި އަނިޔާލިބުނު މީހުންނަށް ހަމަލާދެމުން ދިއަ ހޮސްޕިޓަލަށްވެސް ހަމަލާގެ ދެގަޑިއިރު ފަހުން ހަމަލާދިނުމެވެ.

މިހަމަލާގައި ބޭނުންކުރި ކެމިކަލުގައި "ނަރްވް އެޖެންޓް" ހިމެނޭކަން ޑަބްލިޔޫއެޗްއޯ އިންވަނީ ކަށަވަރުކޮށްދީފައެވެ. މިފަދަ ހަމަލާތައް ދިނުމަކީ ހަނގުރާމައިގެ ޖަރީމާ ހިންގުމެވެ.
މިއަދު އޮންލައިން