ޔޫއޭއީގައި 2 އަހަރުގެ ދަރިފުޅު އުރައިގެން މަގު ހުރަސްކުރަނިކޮށް ކާރަކުން ޖެހި ދެމައިން މަރުވެއްޖެއެވެ. މިއީ ފާއިތުވި 2 ހަފްތާގެ ތެރޭގައި ހިނގި މިފަދަ 3 ވަނަ އެކްސިޑެންޓެވެ.
ފުލުހުން ބުނީ އެކްސިޑެން ހިނގަން މެދުވެރިވީ ކާރު ބާރު ސްޕީޑްގައި ދުއްވުމުން ކަމަށާއި ޑްރައިވަރު ބަންދުކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވީ އަންހެންމީހާގެ ފައިވަން ފައިން ނެއްޓުމުން ފައިވާނަށް އަރަން މަޑުކޮށްލި ވަގުތު ކަމަށެވެ.
ނިޞްބަތުން ބަލައިފިނަމަ މާލެއަކީވެސް ވެހިކަލް މަދު ރަށެއް ނޫނެވެ. ބާރު ސްޕީޑްގައި ދުއްވާ ވެހިކަލްތައްވެސް މަދެއް ނޫނެވެ. އެހެންކަމުން މިފަދަ ކަންކަމަށް ހޭލުންތެރިވުމަކީ ހިިނގާމީހުންނާއި ވެހިކަލް ދުއްވާ މީހުންނަށްވެސް މުހިންމު ކަމެކެވެ.