ހދ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށި ހޯދައިފި

ކިޔުމަށް ހޭދަވާނީ 47ސ
ހދ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށި ހޯދައިފި
ކުޅުދުއްފުށީގައި މިއަދު ހަވީރުކުޅުނު ފައިނަލް މެޗުގައި ހަނިމާދޫގެ މައްޗަށް 3-1 އިންމޮޅުވެގެންނެވެ.

މިއަދުގެ މެޗުގެ 14 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ ހަނިމާދޫންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޒްމީލެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ފަރުހަތު މުޙައްމަދު ޖަހައިދިން ލަނޑުން ކުޅުދުއްފުށިން ވަނީ ނަތީޖާއެއްވަރުކޮށްފައެވެ.

ކުޅުދުއްފުށީގެ އުއްމީދު އާކޮށް ޗެމްޕިއަންކަން ޔަޤީންކޮށްދިނީ އަންވަރު އާދަމް 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑާއި 67 ވަނަ މިނެޓުގައިފަތުހުﷲ އާދަމް ޖަހައިދިން ލަނޑުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހއ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދީ މާރަންދޫއެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 81ރަށަކުން ވާދަކުރާ އިރު، ފުރަތަމަ ކުރިއަށްދާނީ އަތޮޅުބުރެވެ. އެބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށްދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށްދަތުރުކުރާނެއެވެ.
މިއަދު އޮންލައިން