އޭޓީއެމްތައް ހަލާކުކޮށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގަމުންދިއަ ބައަކު މެކްޑޮނާލްޑުން އަތުލައިގެންފި
އިނގިރޭސިވިލާތުގެ އޭޓީއެމްތައް ހަލާކުކޮށް ގިނަ އަދަދެްއގެ ފައިސާ ވަގަށްނަގަމުންދިއަ ގޭންގެއް، ހެނދުނު ސައިބޯން މެކްޑޮނާލްޑް ރެސްޓޯރަންޓެއްގައި ތިއްބައި ފުލުހުން އަތރުކލައިގެންފިއެވެ.
ގޭންގުން ވަްއކަންތައް ކުރަމުން ގެންދިއައީ ވަގަށް ނަގާފައިވާ ލޮރީއެއް އެމީހުންގެ މަރުކަޒަކަށް ބޭނުންކޮށްގެންނެވެ. އޭޓީއެމްތައް ހަލާކުކުރަން ބޭނުންކުރި ގޭސްކަޓަރުތަކާއި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ޕައުންޑްތައް ވަނީ ލޮރީން ހޯދާފައެވެ.
ފުލުހުން ބުނީ އެކި ސަރަހައްދުތަކުގައި ފުލުހުން އައީ ލޮރީއަށް ފާރަލަމުން ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުން ފުލުހުންނަށް ފިލުމަށް 150 މޭލު ބާރުމިނުގައި ލޮރީ ދުއްވާފައިވާ ކަމަށެވެ.
ފުލުހުން ބުޏީ މި ގޭންގުގައި ހިމެނޭ 7 މީހުންނަކީވެސް ވައްކަން ކުރުމަށާއި ތަންތަން ހަލާކުކުރުމަށް ވަރަށް ތަޖުރިބާ ހޯދައިގެން ވައްލަންކުރަމުން އައި ޕްރޮފެޝަނަލް ވަގުތަކެއް ކަމަށެވެ.
"އޭޓީއެމްތައް ކައިރިއަށް ގޮސް މަދު މިނިޓްކޮޅުގެ ތެޜޭގައި އެތަން ހަލާކުކޮށް އެމީހުން ފައިސާ ނަގާ."
އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ވައްކަންކުރަން ދަސްކޮށްދޭ މަރުކަޒުތައް ހުރެއެވެ.