އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑު އިޢުލާންކޮށްފިއެވެ.
ފައިނަލް ސްކޮޑުގައި މިހާރު ތިބީ 12 ކުޅުންތެރިން ހިމެނޭ އިރު، އޭގެ ތެރޭގައި ސީނިއަރ ޓީމަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއި މުޅިން އަލަށް ނެޓްބޯޅަ ޤައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިން ހިމެނެއެވެ.
އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ކޮރެއާގައި ފަށާ މި މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ކޯޗަކަށް އައިމިނަތު ހަލީމް އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އައިޝަތު ލޫނާ މޫސާ އެވެ.
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ ހަޔަކުން ތޭރައަށް ދެކުނު ކޮރެއާގެ ޖިއޮންޖޫގައެވެ.