ބަޝާރު ޢާންމުން މަރަން ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބަޝާރު ޢާންމުން މަރަން ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެ
ސީރިޔާގެ ރައިސްކަމުގައި ހުރި ބަޝާރު އެޤައުމުގެ ރައްޔިތުން މަރަން އަންގާރަ ދުވަހު ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެއެވެ.

މިކަން ހާމަކުރީ ތުރުކީންނެވެ. އެ ހަމަލާގައި އަނިޔާލިބުނު މީހުންގެ ތެރެއިން 34 މީހަކު ވަނީ އިތުރު ފަރުވާއަށް ތުރުކީއަށް ގެންގޮސްފައެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު މިކަން ހާމަކުރީ ތުރުކީއަށް ގެނެވުނު މީހުންގެ ތެރެއިން މަރުވި 3 މީހުންގެ އޮޓޮޕްސީ ހެދުމަށްފަހު ރިޕޯޓުން އެކަން ކަށަވަރުކުރުމުންނެވެ.

މިހަމަލާގައި 70 އަށްވުރެ ގިނަ މީހުން ވަގުތުން މަރުވެފައިވާއިރު އަދިވެސް ދަނީ އަނިޔާ ލިބުނު މީހުން މަރުވަމުންނެވެ. މިއީ މުޅި ސީރިޔާ ހަނގުރާމައިގާ ދީފައިވާ އެންމެ ވަރުގަދަ މިފަދަ ކެމިކަލް ހަމަލާކަމަށް ވަނީ ކަނޑައަޅައިފައެވެ.
މިއަދު އޮންލައިން