މިސުރުގެ އަންހެން ޕްރޮފެސަރަކު އަމިއްލަ ގޭގެ ރޫފްޓޮޕްގަ އެކަނި ހުރެ ނެށުމުން މައްސަލަ ހޫނުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މިސުރުގެ އަންހެން ޕްރޮފެސަރަކު އަމިއްލަ ގޭގެ ރޫފްޓޮޕްގަ އެކަނި ހުރެ ނެށުމުން މައްސަލަ ހޫނުވެއްޖެ!
މިސުރުގެ ސުއޭޒް ޔުނިވަރސިޓީގައި އިނގިރޭސި ބަސް ކިޔަވައިދޭ އަންހެން ޕްރޮފެސަރަކު އޭނާގެ ގޭގެ ރޫފްޓޮޕްގައި އެކަނިހުރެ ނަށާ ވީޑިއޯ އެއް ހާމަކުރުމުން މައްސަލަ ހޫނުވެއްޖެއެވެ.

އެއްބައަކު ބުނަނީ އެއީ ދަށުދަރަޖައިގެ ކަމެއް ކަމަށާއި އެކަމަށްޓަކައި މަޢާފަށް އެދެންޖެހޭނެ ކަމަށެވެ. ނަމަވެސް މޯނާ ބުނަނީ އެއީ އޭނާގެ އަމިއްލަ ކަމެއް ކަމަށާއި އެކަމަށް ހުރަސް ނުއެޅޭނެ ކަމަށެވެ.

މޯނާ ބުނީ އޭނާ ނެށީ އޭނާގެ ގޭގައި ކަމަށެވެ. "އަހަރެން ކުރީ ބެލީ ޑާންސް. އަހަރެން ނެށުމާއި ހުނުން އަދި ލިޔުން ނުހުއްޓުވޭނެ. އެއީ އަހަރެންގެ އަމިއްލަ ކަންކަން، ނެށުމަކީ ކަސްރަތެއް. ދެން ކީއްވެ އެކަން މައްސަލައަކަށް ވާންވީ؟"

މޯނާއަކީ ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ އަންހެނެކެވެ. އެހެންކަމުން ގިނަ ބައަކު ޤަބޫލުކުރަނީ މިއީ މޯނާ، ޒުވާން އަންހެނުންގެ ތާއީދު ހޯދަން ކުރި ކަމެއް ކަމަށެވެ.

މިއަދު އޮންލައިން