ފަހު ދިހަ މިނެޓުގައި ޖެހި ހަމައެކަނި ލަނޑުން ދަރަވަންދޫގެ މައްޗަށް އޭދަފުށި ކުރިހޯދައިފި

ކިޔުމަށް ހޭދަވާނީ 58ސ
ފަހު ދިހަ މިނެޓުގައި ޖެހި ހަމައެކަނި ލަނޑުން ދަރަވަންދޫގެ މައްޗަށް އޭދަފުށި ކުރިހޯދައިފި
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ދަރަވްނދޫ ބައްދަލު ކުރި މެޗުގެ ފަހު ދިހަ މިނެޓުގައި ޖެހި ހަމައެކަނި ލަނޑުން ދަރަވަންދޫގެ މައްޗަށް އޭދަފުށި ކުރިހޯދައިފިއެވެ.

އޭދަފުށީރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އޭދަފުށި ކާމިޔާބުކުރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައިކުޅެން އެރި ޢުމުރުން 17 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ހައިޝަމް ޙަސަންއެވެ.

އޭދަފުށީ ޓީމުގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާއިޝާން އިބްރާހީމް (ސައްޓު) އާއި އަޙްމަދު ލަޠީފް (ލައްޗޭ) ނުލާ ދަރަވަންދޫ އާއިދެކޮޅަށް ކުޅުނު މި މެޗުގައި ދަރަވަންދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި އޭދަފުށިންވަނީ މެޗުގެ ކޮންޓްރޯލް ކުޅެގެން ކުޅެ، ޙަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ.

މިނިވަން ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބ. އަތޮޅުން ބައިވެރިވެފައިވަނީ މި ދެޓީމު ކަމަށްވާތީ، މި ދެޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އޭދަފުށީގައެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ މި މެޗުވެސް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.
މިއަދު އޮންލައިން