ކެޕްޓަން ނާފިޢު އާއި ޢަލީ ނަސޫހުގެ ލަނޑުން ޓީސީ އިން ޔޫވީ ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
ކެޕްޓަން ނާފިޢު އާއި ޢަލީ ނަސޫހުގެ ލަނޑުން ޓީސީ އިން ޔޫވީ ބަލިކޮށްފި
މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީގެ ކެޕްޓަން ޢަލީ ނާފިޢު އާއި ޢަލީ ނަސޫހު ރަޝީދު ކާމިޔާބުކޮށްދިން ލަނޑުން ޓީސީ ސްޕޯޓްސް ކުލަބުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފިއެވެ.

ރަސްމީ ދަނޑުގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސްޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް ޓީސީއަށްވަނީ ލަނޑުޖަހާނެ ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޓީސީގެ ފުރަތަމަ ލަނޑު އެޓީމުގެ ކެޕްޓަން ޢަލީ ނާފިޢު ޖަހައިދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ނާފިއު ދިން ރީތި ބޯޅައަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޢަލީ ނަސޫހު ރަޝީދެވެ.

ޓީސީ އިންވަނީ މާލޭ ލީގުގައި މިހާތަނަށް އެޓީމު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.

މާލޭ ލީގުގައި މިރޭ 21:00 ގައި ބައދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.

މިއަދު އޮންލައިން