މުދިމަކު މިސްކިތަށްދިއަ ވަގުތު ގެންގުޅޭ މީހާ ދަރިފުޅާ ބެހެން އުޅެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މުދިމަކު މިސްކިތަށްދިއަ ވަގުތު ގެންގުޅޭ މީހާ ދަރިފުޅާ ބެހެން އުޅެފި
ދުބާއީގެ މިސްކިތެއްގެ މުދިންކަންކުރާ މިޞުރު މީހަކު މިސްކިތަށް ދިއަ ވަގުތު ގޭގައި ގެންގުޅޭ ޕާކިސްތާނު މީހަކު މުދިމުގެ 7 އަހަރުގެ ފިރިހެން ދަރިފުޅާއިބެހެން އުޅެފިއެވެ.

ފުލުހުން ބުނީ ދަރިފުޅު އޭނާގެ ކޮޓަރިއަށްވެއްދުމަށްފަހު އަމަލުކުރަން އުޅުނުގޮތުން ކުއްޖާ ބިރުގަނެ އަޑުގަދަކޮށް ކޮރިން ދުވެ ނުކުތީ ކަމަށެވެ. އެއިރު އޭނާ ހުރީ ބަރަހަނާވެސް ވެގެން ކަމަށެވެ.

ދަރިފުޅުގެ އަޑު އިވިގެން މަންމަ ގޮސް ސުވާލުކުރުމުން ރޮމުން ދަރިފުޅު ހުރިހާ ވާހަކަތަކެއް ކިޔައިދިން ކަމަށާއި ބައްޕަ އައިސް ސުވާލުކުރުމުން އެމިހާ އެއްވެސް ޖަވާބެއް ނުދިނުމުން ފުލުހުންނަށް އެންގީ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިފަދަ ކަންކަމަކީ ކޮންމެ މުޖުތަމައުއެއްގައިވެސް ކުރިމަތިވާނެ މައްސަލަތައްކަން ޤަބޫލުކޮށް ދަރިންނާއިމެދު ރައްކައުތެރިވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން