ރާމާމަކުނުތަކާއެކު އަހަރުތަކެއްވަންދެން ދިރިއުޅެފައިވާ 8 އަހަރުގެ އަންހެން ކުއްޖަކަށް ފަރުވާދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ރާމާމަކުނުތަކާއެކު އަހަރުތަކެއްވަންދެން ދިރިއުޅެފައިވާ 8 އަހަރުގެ އަންހެން ކުއްޖަކަށް ފަރުވާދެނީ!
އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ތަފާތު ޖަނަވާރުތައް ހިމާޔަތްކޮށްގެން ގެންގުޅޭ ސަރަހައްދެއްގައި ގިނަ އަހަރުތަކެއް ވަންދެން ރާމާމަކުނުތަކާއިއެކު ދިރިއުޅުނު އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ފެނުމުން ސަލާމަތްކޮށް ފަރުވާދެމުން އެބަގެންދެއެވެ.

ފުލުހުން ބުނީ ޢާންމުންގެ ބައަކު ދިން މައުލޫމާތާއި ގުޅިގެން ފުލުހުން އެތަނަށްގޮސް އަންހެންކުއްޖާ ސަލާމަތްކުރީ ކަމަށެވެ. އަދި އެކަމަށް މަކުނުތައް ދެކޮޅު ނުހަދާ ކަމަށެވެ.

އޭނާއަށް ފަރުވާދެމުން ގެންދާ ހޮސްޕިޓަލުން ބުނީ ކުއްޖާ މަކުނުތަކާއިއެކު ގިނަ އަހަރުތަކެއްވަންދެން ދިރިއުޅެފައިވާތީ އޭނާއަށް ވާހަކަދައްކަންވެސް ނުއެނގޭ ކަމަށެވެ. އަދި ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް އޭނާއަށް ވާހަކަ ދައްކަން ނުއެނގޭކަން ކަމަށެވެ.

މިހާލަތުން ޢާންމު ޙާލަތަށް އައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

މިއަދު އޮންލައިން