ސީރިޔާއަށް އެމެރިކާއިން ދިން ހަމަލާ އާއެކު ތެލުގެ އަގު އުފުލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ސީރިޔާއަށް އެމެރިކާއިން ދިން ހަމަލާ އާއެކު ތެލުގެ އަގު އުފުލިއްޖެ
ސީރިޔާއިން އެޤައުމުގެ ރައްޔިތުންނަށް އަންގާރަ ދުވަހު ދިން ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ރޭ ސީރިޔާއަށް މިސައިލް ހަމަލާތަކެއް ދިނުމާއި ގުޅިގެން ތެލުގެ އަގު މިއަދު ވަނީ ވަގުތުން އުފުލިފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަދު ތެލުގެ ބާޒާރުގައި އަގު ވަނީ 2 އިންސައްތަ އުފުލިފައެވެ. އިތުރަށް ހަމަލާތައް ވަރުގަދަވާނަމަ އަދިވެސް ދާނީ ތެލުގެ އަގު އިތުރަށް އުފުލެމުންނެވެ.

އެމެރިކާއިން ބުނެފައިވަނީ އެމެރިކާގެ މަނަވަރުތަކުން ހަމަލާދިނީ ސީރިޔާގެ ރައްޔިތަކުންނަށް ކެމިކަލް ހަމަލާދިން މަރުކަޒަށް ކަމަށާއި އިތުރު ހަމަލާތައް ދޭންޖެހޭނަމަ އަދިވެސް ހަމަލާ ދޭނެ ކަމަށެވެ.

މިހަމަލާ އާއި ގުޅިގެން ރަސިއާ ވަނީ ރަތަށް އަރައިފައެވެ.
މިއަދު އޮންލައިން