ވެލެންސިއާ އަތުން މޮޅުވެ ނިއު އިން ލީޑު ދަމަހައްޓަނީ..

ކިޔުމަށް ހޭދަވާނީ 49ސ
ވެލެންސިއާ އަތުން މޮޅުވެ ނިއު އިން ލީޑު ދަމަހައްޓަނީ..
އެސްޓީއޯ މާލޭ ލީގުގައި ރޭ ކުޅުނު މެޗުގައި ކުލަބް ވެލެންސިއާ އަތުން މޮޅުވެ، އެޓީމުން ދަމަހައްޓަމުން އަންނަ ލީޑު ފުޅާކޮށްފިއެވެ.

ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ނިއު އިން ކާމިޔާބުކުރީ ދެ ވަނަ ހާފުގައި އެޑްރިއަން ގަލާޑޯ ޖަހައިދިން ހަމއެކަނި ލަނޑުންނެވެ.

ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގާ ނިއު އޮތް އިރު، ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާއަށް 6 ޕޮއިންޓު ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޓީސީ އެވެ. ވެލެންސިއާ އޮތީ ތިން މެޗުން ލިބުނު ހަމައެކަނި ޕޮއިންޓާ އެކު ހަތް ވަނައިގައެވެ.

ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި، ބޭކާރުވަމުންގޮސް މި މެޗުގެ ހަމައެކަނި ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ގަލާޑޯ އެވެ. މިއީ ތިން މެޗުން އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ.

މި ލަނޑަށްފަހުވެސް ވެލެންސިއާއިން ވަނީ ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ.

މިއަދު އޮންލައިން